ގއ. ރޮބިންސަން ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކޮޓަރިއެއްގެ ފާހާނާ ތެރޭގައި މަރުވެފައި އޮތްވައި މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަރުވެފައި އޮތްވައި ފެނިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސަންއާ ވާހަކަ ދެއްކި އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޖެނެރަލް މެނޭޖަރު ޖަރުމަނުގެ ޖީން ފިލިޕްސް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި ނޭނގެ މަރުވި ސަބަބެއް. އެކަން އަޅުގަނޑުމެންނަށް އެނގޭނީ ތަހުގީގު ނިމުމުން،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަރުވެފައި އޮތްވައި ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ބެހޭ އިތުރު ތަފުސީލް ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.