09 Nov 2013, 09:23
ގދ. ތިނަދޫ ފަޅުތެރޭގައި ބާއްވާފައި އޮތް އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިޒާމްގެ އަމިއްލަ ލޯންޗް ރޭ ބަޔަކު ފައްތާލައިފި އެވެ.
ނިޒާމް ވިދާޅުވީ ދިހަ މީހުންގެ ޖާގައިގެ ލޯންޗް އެ ރަށު ކޮލެޖް ކެމްޕަސްއާ ދިމާލު ފަޅުގައި އޮތްވައި ފައްތާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
"ލޯންޗް ފައްތާލުމުގެ ކުރިން ސިލިކޯން އަޅާފައި ހުރި ފަލްކާތައް ވެސް ހުރީ ހުޅުވާފައި. އެހެންވީމާ އެބަ އެނގޭ މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަން،" ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލޯންޗް ފައްތާލީ ބަޔަކު ވަކިކަމަކާ ގުޅުވައިގެން ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ނިޒާމް ވިދާޅުވި އެވެ.