އާޓިފިޝަލް ބީޗް ކައިރީން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ދެންމެ ޒަޚަމް ކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެހާދިސާގައި ޒަޚަމަވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ އެ ހިސާބުގައި އޮތް ގާޑިއަލަކުން ކަތި ވަޅެއް އެއް ނަގައިގެނެވެ.