08 Nov 2013, 19:24
އިންތިޚާބު ކުރަން ޖެހޭ ތާރީޚަށް ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކުރި ކުރުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މިއަދު 3:30 އަށް ޝެޑިއުލްކުރި އެ މައްސަލަ މިރޭ 9:00 އަށް ފަސްކޮށްފައި ވަނީ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަވެފައި ނުވާތީ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އެވެ.
ވައްޑޭ ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީގެ ނަސްއުތަކާއި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވައްޑޭ ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.