ހިތަދޫން: މުރުޝިދު އަބްދުލްހަކީމް

އައްޑޫ ސިޓީ އަށާއި ޏ. ފުވައްމުލަކަށް މިއަދު ހެނދުނު ވޯޓު ކަރުދާސްތައް ގެނެސްފި އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ސަން އަށް ވިދާޅުވީ އައްޑޫ ސިޓީ އަށް ވޯޓު ކަރުދާސްތައް ފުލުހުންގެ އެހީތެރިކަމާ އެކު ގެނެސްފައި ވަނީ މިއަދު ހެނދުނު 10:30ގައި ކަމަށާއި ފުވައްމުލަކަށް ވޯޓު ކަރުދާސްތައް އެތެރެކޮށްފައި ވަނީ ހެނދުނު 6:30ގައި ކަމަށެވެ.

އަދި ވޯޓުކަރުދާހާ އެކު ވޯޓުލާ މީހުންގެ ލިސްޓްތައް އަދި އެހެނިހެން ލިޔެކިޔުންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާ އަލުން ބާއްވަން ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކާއި ލިޔުންތައް ފުލުހުންގެ އެހީތެރިކަމާ އެކު ފޮނުވަން ފަށާފައިވެ އިއްޔެ އެވެ.