02 Dec 2010, 21:40
2:39- ފުވައްމުލަކުގައި މިރޭ 11:45 އެހާ ކަންހާއިރު މީހެއްގެ ގައިގައި ކަޓަރު އަޅައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. ގައިގެ އެކި ތަންތަނުގައި ކަޓަރު އެޅުމުގެ އިތުރުން ލަކުޑި ބުރިއަކުން ޖަހައި ބޯ ފަޅާލާފައި ވަނީ ފުވައްމަލު ފުނާޑު އަވަށުގެ ގިފްޓް، އަހުމަދު އާސިމެވެ.
އުމުރުން 36 އަހަރުގެ އާސިމަކީ ފުވައްމަލުގެ ވިޔަފާރިވެރިއެކެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އާސިމަށް ހަމަލާދީ ޒަހަމްކޮށްލިތާ ގިނަ އިރެއް ނުވެ އެ ހޮސްޕިޓަލަށް އޭނާ ގެނާއިރު ވެސް ހާލު ވަރަށް ސިރިއަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމުން އަވަސް ފަރުވާ ދިނުމަށް މިރޭ 1:45 އެހާކަންހާއިރު އައްޑު އަތޮޅަށް ފުރުވާލާފައިވާ ކަމަށެވެ. އޭނާއާއެކު ފުވައްމުލަކުން ޑޮކްޓަރަކާއި ނަރުހަކުވެސް ދިޔައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން އިތުރު އޮފިޝަލަކު ވިދާޅުވީ އާސިމް ގައިގައި ކަޓަރު އެޅުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބި ވަރަށް ގިނަ އަދަދަކަށް ލޭ ފައިބައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިން ފުލުހުންގެ އެއްވެސް ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
(އިތުރު ތަފުސީލު އަންނަނީ)