ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 866 ކެންޑިޑޭޓެއްގެ ޑިޕޮޒިޓް ފައިސާގެ ގޮތުގައި މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފި އެވެ.


އެމްޑީޕީން ބުނީ ކެންޑިޑޭޓުންގެ ޑިޕޮޒިޓް ފައިސާ ކޮމިޝަނާ ހަވާލު ކުރީ ބުރާސްފަތި ދުވަހު ކަމަށާއި އެއީ މިހާތަނަށް ޕާޓީގެ ޓިކެޓް ކަށަވަރުވި 1024 ކެންޑިޑޭޓުންގެ ތެރެއިން 866 ކެންޑިޑޭޓުންގެ ޑިޕޮޒިޓް  ކަމަށާއި އެ ފަރާތްތަކުގެ ޑިޕޮޒިޓަށް 1.3 މިލިޔަން ރުފިޔާ ދައްކަންޖެހުނު ކަމަށެވެ.


އެއީ އައްޑޫ ސިޓީ އާއި މާލޭ ސިޓީގެ 17 ކެންޑިޑޭޓުންގެ ޑިޕޮޒިޓާއި އަތޮޅު ކައުންސިލަރުންގެ ގޮތުގައި ކުރިމަތިލާ  ކެންޑިޑޭޓުންނާއި ރަށު ކައުންސިލަށް ކުރިމަތިލާ 290 ކެންޑިޑޭޓެއްގެ ފައިސާ އެވެ.