07 Nov 2013, 13:34
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ފަހު 12 ގަޑި އިރަށް ފަހު ދެންމެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ފުއާދު ހޮސްޕިޓަލުން ދޫކޮށްލިކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުއާދަކީ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައި އަދި ހިތްޕުޅުގެ އާލާސްކަން ފުޅަށް ފަރުވާ ހޯއްދަވަމުން އަންނަ ބޭފުޅެކެވެ.
ފުއާދު އެޑްމިޓް ކުރުމާ ބެހޭ ގޮތުން ކޮމިޝަންގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.