އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ފުއާދު އެޑްމިޓްކޮށްފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެ މަނިކުފާނު އެޑްމިޓްކޮށްފައި ވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ފުއާދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ. އަދި ވަރަށް އަވަހަށް ދޫކޮށްލެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުއާދަކީ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައި އަދި ހިތްޕުޅުގެ އާލާސްކަން ފުޅަށް ފަރުވާ ހޯއްދަވަމުން އަންނަ ބޭފުޅެކެވެ.

ފުއާދު އެޑްމިޓް ކުރުމާ ބެހޭ ގޮތުން ކޮމިޝަންގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.