02 Dec 2010, 11:33
ވިލިމާލޭގެ ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް ތަރައްގީކޮށް ބެލެހެއްޓުމަށް އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފި އެވެ.
ވިލިގިލީގައި ފެނާއި ނަރުދަމާގެ ކަންކަންކަމާ ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރެއްވުމަށް ފަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ވިލިނގިލީގައި ފެންއުފައްދާ މެޝިނަރީސް އަޕްގްރޭޑް ކުރުމާއި ފެން ރައްކާކުރުމަށް އިތުރު ފެންތާނގީތައް ހަދައި ނަރުދަމާގެ ހޮޅިތައް މަރާމާތުކޮށްގެން ނޫނީ ރަނގަޅުފެންވަރެއްގައި ވިލިނގިއްޔަށް ހިދުމަތް ދެވެން ނެތް ކަމަށެވެ. އަދި އެ މަސައްކަތަށް 10 މިލިއަނަށް ވުރެ ގިނަ އަދެއްގެ ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އެމްޑަބްލިޔު އެސްސީން ބުނި ގޮތުގައި ކުރިއަށް އޮތް 2011 ވަނަ އަހަރު ނިމުމުގެ ކުރިން ވިލިނގިލީގެ ފެނާއި ނަރުދަމާގެ ހުރިހާ މައްސަލައެއް ހައްލުވާނެ އެވެ.
މީގެކުރިން ވިލިނގިލީގައި ފެނާއި ނަރުދަމާގެ ހިދުމަތް އެމްޑަބްލިޔުއެސްސީން ދެމުން ގެންދިޔައީ އެ ކުންފުންޔާއި ސަރުކާރާ ދެމެދު ވެފައިވާ ސާވިސް އެގްރިމަންޓެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އެއްބަސްވުމުގެ ސަބަބުން ސަރުކާރު ބަޖެޓުން އެއްވެސް ހަރަދެއް ނުގޮސް ވިލިނގިލީގެ ނަރުދަމާ އާއި ފެނުގެ މައްސަލަ ހައްލުވެ ރަނގަޅު ފެންވަރެއްގައި އެ ހިދުމަތްތައް ލިބެމުން އަންނާނެ ކަމަށް މާލޭ މުނިސިޕްލްޓީގެ ރައީސް އާދަމް މަނިކު މިއަދު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ ވިލިނގިލީގައި މީހާރު ވެސް ފެނާއި ނަރުދާމާގެ ހިދުމަތަށް އެންމެ ފުރިހަމައަށް ނުލިބިގެން 75 އަށް ވުރެ ގިނަ މީހުން އެކަމުގެ ޝަކުވާކޮށްފައިވެ އެވެ.
"ކުރިން ޗާޓުން ބޭރުގައި އޮތްކަމެއް މިއަދު ޗާޓުން އެތެރެއަށް އަޅުގަނޑުމެން ވައްދާފައި މި އޮތީ." އާދަމް މަނިކު ވިދާޅުވި އެވެ.