ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ކްއީން ސްޕޯރޓްސް ކްލަބް (ކިޔުއެސްސީ) އާ ދެކޮޅަށް ކުޅުނު މެޗް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ކާމިޔާބުކޮށްފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅެވުނު މިމެޗް ޑީއެސްސީ ކާމިޔާބުކޮށްފައިވަނީ ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓްގެ ނަތީޖާއިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއެސްސީގެ މަރިޔަމް އަޒްލިފާ އެވެ.

މެޗުން މޮޅުވުމުން ޑީއެސްސީވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި މާދަމާ ހަވީރު 4:30ގައި ޑީއެސްސީ ބައްދަލު ކުރާނީ ޕޮލިސް ކްލަބާ އެވެ.