މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓާކޮށްފައިވާ ތަން ބަދަލުކުރި މީހުންގެ ލިސްޓު އާއްމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ލިސްޓް އެކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv) އިން ފެންނަށް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ރަޖިސްޓަރީވެފައިވާ ރަށުން އެހެން ތަނަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓެއް ކޮންމެ ރަށެއްގައި ހުންނާނެ ކަމަށާއި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި މީހުންގެ ލިސްޓެއް ރިޔާސީ އިންތިހާބަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ރަޖިސްޓްރޭޝަންގެ މައި މަރުކަޒުގައި ފެންނަން ހުންނާނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް އިން ބުނީ މިހާރު ވެސް ހިލޭ ގުޅޭ ނަމްބަރު 1414 އަށް ގުޅައިގެން ނޫން ނަމަ 1414 އަށް އެސްއެމްއެސްކޮށްގެން ވެސް ރަޖިސްޓަރީވެފައިވާ ތަން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.