05 Nov 2013, 09:58
މިދިޔަ މަހު 27 ވަނަ ދުވަހު ތިލަފުށީގައި ގޭސް ބަރުކުރަމުން ދަނިކޮށް ދޯންޏެއްގައި ރޯވެ އެނދި ހާދިސާގާއި ފިހުނު، އެ ދޯނީގެ ކެޕްޓަން ނިޔާވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން އޭނާގެ އެކުވެރިއަކު ބުނީ އޭނާ ނިޔާވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ. އޭނާ ބުނީ ނިޔާވީ އަލިފާން ރޯވި ލ. ގަމު ތުޑީ އަވަށު ފުނަދޫ ފުނަމާ ދޯނީގެ ކެޕްޓަން އަބުދުލްމުހުސިން ސައީދު ކަމަށެވެ. މުހުސިނަކީ ފުނަމާދޯނީގެ ވެރިފަރާތް ވެސް މެ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިލަފުށީ ފަޅުގައި ހިނގި އެ ހާދިސާގައި ފިހުނު ހަތަރު މީހުންގެ ތެރެއިން
އުމުރުން 38 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 55 އާއި 60 ޕަސެންޓާ ދެމެދު ފިހިފައިވާ އިރު، 48 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައިވާ ކަމަށް ފުލުހުން ފުލުހުން އޭރު ބުންޏެވެ.
"ފުނަމާ" ދޯނީގައި ރޯވީ މާލޭން މުދާ ބަރުކޮށްގެން ތިލަފުށްޓަށް ގޭސް ބަރުކުރަން ދަނިކޮށެވެ. އަދި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އިންޖީނުގޭގައި ކަމަށް އޭރު ފުލުހުން ބުންޏެވެ.
އެމްއެންޑީއެފާއު ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން އެދޯނީގައި ރޯވި އަލިފާންގަނޑު ނިވާލި އިރު، ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފަ އެވެ.