ރެއިން ފެށިގެން މާލެ އަށް ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ އާންމުންނަށާއި ދުއްވާތަކެއްޗަށް ދަތިތަކާ ކުރިމަތިވަމުން އެމްއެންޑީއެފުން މިއަދު ފެން ހިއްކައިފި އެވެ.

އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ސަވިސްގެ ފަރާތުން ތާޖުއްދީން ސްކޫލް ހިމެނޭ ސަރަޙައްދާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހިމެނޭ ސަރަހައްދުގައި ޕަމްޕަ ޖައްސައިގެން އެ ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.