ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ޑޭވިޑް ފެރާ ސީދާ ދެ ސެޓުން ބަލިކޮށް ސާބިއާގެ ނޯވާ ޖޮކޮވިޗް އެ މުބާރާތް ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ އޭނާ 2009 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހޯދި ތަށި އަލުން ހޯދާފައި މިވަނީ، ކުޅުނު ދެ ސެޓްގައި ވެސް 4-5 އިން ދުނިޔޭގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ރޭންކު ކުރެވިފައިވާ ފެރާ، 31. ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ސެޓް ކާމިޔާބުކޮށްގެންނެވެ.

އުމުރުން 26 އަހަރުގެ ޖޮކޮވިޗް މިއަހަރު އޭނާ ކާމިޔާބުކުރި ހަ ވަނަ ޓައިޓްލް ގެނެސްފައި ވަނީ 7-5 7-5 މެޗް ކާމިޔާބުކޮށްގެންނެވެ.

މި މޮޅާއެކު ޖޮކޮވިޗް ވަނީ، ސެޕްޓެމްބަރު މަހު ޔޫއެސް އޯޕަން ފައިނަލްގައި ރަފައެލް ނަދާލް އަތުން ބަލިވި މެޗަށް ފަހު މެޗަކުން ބަލިނުވެ 17 މެޗު ހަމަ ކޮށްފަ އެވެ. އަދި މި ކާމިޔާބަކީ އޭނާގެ ޓެނިސް ކެރިއަރުގައި ކާމިޔާބުކުރި 40 ވަނަ މުބާރާތެވެ.

މިއަހަރު އޭނާ ކާމިޔާބުކުރި މުބާރާތްތަކަށް ބަލާއިރު ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންއާއި މާޗު މަހު ދުބާއީ ޗެމްޕިއަންޝިޕް، އޭޕްރީލް މަހު މޮންޓެ ކާލޯ މާސްޓާސް އޮކްޓޯބަރު މަހު ޗައިނާ އޯޕަން އަދި ޝަންހާއީ މާސްޓާސް ކާމިޔާބުކޮށްފައިވެ އެވެ.