ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ހުރިހާ ފަރާތަކުން ވެސް މޫސުމާ ދޭތެރޭގައި ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖެ އަށް މިހާރު ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިއަދުވަނީ "ވައިޓްއެލާޓް" ނެރެފަ އެވެ. އެ އިދާރާއިން ބުނީ، މިއަދު ހެނދުނު 7:15 އިން ފެށިގެން މިއަދު މެންދުރު 12:15އާ ދޭތެރޭގައި ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގަދަ ވަޔާއި ގުގުރާ ވިދުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކޮޅިގަނޑުގެ ތެރޭގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާ އިން ވަނީ މައުލޫމާތު ދީފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބު ތަކަށް މިހާރު ކުރަމުން ގެންދާ ވިއްސާރައި ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކާއި އަދި މެދު ތެރޭގެ އަތޮޅުތަކަށް ވެސް ވިއްސާރަ ކުރާނޭ ކަމަށެވެ.