04 Nov 2013, 10:50
ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި އެކުވެރިންކަން ބަދަހިކުރުމުގެ ގޮތުން ޖުމްހޫރީ ޗެލެންޖްގެ ނަމުގައި ބޭއްވި ފުރަތަމަ ބައިބަލާ މުބާރާތުގެ ތަށި ޕްރޯ ސްޕޯޓްސް ކުލަބުން އުފުލާލައިފި އެވެ.
http://www.sun.mv/albums/l_21026.jpg
ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލާ އިންވެގެން އޮންނަ ހުސް ބިމުގައި ރޭ ކުޅުނު ފައިނަލް މެޗް ޕްރޯ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ރެޑްކްރޮޒްސް ބަލިކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ ޕްރޯ ސްޕޯޓްސް ކުލަބުންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ ރެޑް ކްރޮޒްސްގެ ޓީމުނެވެ.
http://www.sun.mv/albums//l_21027.jpg
ދެ ޓީމް 1-1 ސެޓުން އެއް ވަރުވެފައި ވުމުން ނަތީޖާ ނެރުނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ.
ރޭގެ މެޗުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ހަދާނީ ލިޔުން ދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. ހަސަން ސައީދު އެވެ.
http://www.sun.mv/albums/l_21025.jpg
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޕްރޯ ސްޕޯޓްސް ކްލަބުގެ ހަތަރު ކުޅުންތެއަކު ހިމެނުނުއިރު މިސްޓަ ބައިބަލާގެ މަގާމް ލިބުނީ ޕްރޯ ސްޕޯޓްސް ކްލަބުގެ ހާމިދު ރަޝީދު (ގައްބަރޭ) އަށެވެ.
މިމުބާރާތުގައި ޖުމްލަ ފަސް ޓީމް ވަނީ ވާދަ ކޮށްފަ އެވެ. އެއީ ބަޖިޔޭ އާއި ހުޅުމާލޭ ޕްރޯ ސްޕޯޓްސް ކުލަބާއި ޕްރޯސްޕާޓަންސް އާއި ރެޑްކޮޒްސް އަދި ލައިކަންސް އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕްރޯ ސްޕޯޓްސް ކްލަބަކީ ހުޅުމާލޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ހައިޑާއިން މީގެ ކުރިން ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ ކުލަބެކެވެ.