ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ދުވަސް ފަހުން އަމިއްލަ އަށް އާއިލާއާ ހަވާލުވެއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ލ. އިސްދޫ، ގުލްފާމުގެ، އިބްރާހީމް ހަސީބް، 17، އެވެ.

ފުލުހުން ބުނީ އެކުއްޖާ ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ފެނިފައި ވަނީ ރޭ 8:55 އެހާކަންހާއިރު އާއިލާ މީހެއްގެ ގެއަށް ދިއުމުން ކަމަށެވެ.

ނަމަވެސް އެކުއްޖާ ގެއްލިގެން ހޯދަމުން ދިޔަ އިރު، އުޅުނީ ކޮންތާކު ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވީ އެކަމާ ގުޅިގެން އެ ކުއްޖާއާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.