ޑިންގީއެއްގައި ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުލަބް ފަރު ކައިރިއަށް ޑިންގީ އެއްގައި ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނީ ހުޅުމާލެއާ ކުލަބު ފަރާ ދޭތެރެއިން މިރޭ 9:00 އެހައިކަންހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ފެނިފައި ވަނީ މެރިން ޕޮލިސްއާއި ކޯސްޓުގާޑުގެ އިތުރުން އޭނާއާ އެކު ޑިންގީގައި ދިޔަ މީހުންގެ އެހީތެރިކަމާ އެކު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 7:30 ހާއިރުއެވެ.