03 Nov 2013, 21:07
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ބަންޑާ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އާޒިމާ އެމަގާމަށް އައްޔަން ކުރެއްވީ ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އޭނާ ވިދާޅުވީ އެޑްވައިޒަރުގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މީގެކުރިންވެސް ލިބިލައްވާ މުސާރަ އާޒިމާއަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އާޒިމާ އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އޭނާގެ އިތުބާރުނެތްކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީންނެވެ.