03 Nov 2013, 20:26
ޑިންގީއެއްގައި ފީނަން ގޮސްއުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުލަބް ފަރު ކައިރިއަށް ޑިންގީ އެއްގައި ގޮސް އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ފީނަން ފައިބައި ޚަބަރެއް ނުވުމުގެ ސަބަބުން އޭނާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިހުންނާއި ކޯސްޓްގާޑް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:30 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާއާ ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުންވެސް އެކަމަށް ސަމާލުކަންދީ އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހިލޭގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.