03 Nov 2013, 18:48
ވައްކަން ކުރުމަށްފަހު ކުޑަކުއްޖަކަށް ހަމަލަދިނުމަށް ފަހު ފިލައިގެންއުޅޭ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ޅ. ނައިފަރު، ފެންވަރު، މުހައްމަދު ޖިނާޙު،27، އެވެ.
މުޙައްމަދު ޖިނާޙުއާބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާނަމަ ނުވަތަ އުޅޭ ވަކިތަނެއް އެނގިލައްވާ ނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އޭނާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީކަން ފުލުހުން ވަނީ އަރުވާފަ އެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.