03 Nov 2013, 16:18
ރީ ރަޖިސްޓްރީ ކުރި މީހުންގެ ފޯމްތަކުގެ ތެރެއިން 8652 މީހުންގެ ފޯމްތަކުގެ ފިންގާ ޕްރިންޓް ނޫނީ އިނގިލީގެ ނިޝާން ވެރިފައި ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑީއެންއާރްގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ޓަކައި އިއްޔެގެ ނިޔަލަށް އެ ޑިޕާޓްމެންޓަށް ފޮނުވި ހުރިހާ ފޯމްތަކެއްގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފަހު މިއަދު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އިއްޔެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން އިން އަޅުގަނޑުމެންނަށް ފޮނުވާފައި ވަނީ 8652 ފޯމް، އެ ހުރިހާ ފޯމްތަކެއްގެ ފިންގާ ޕްރިންޓް ވެރިގައި ކުރުމަށް ފަހު އަޅުގަނޑުމެން އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނާ މިއަދު ހަވާލުކޮށްފިން،" ފަރީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ފިންގާ ޕްރިންޓް ވެރިފައި ކުރި ފޯމްތަކުގެ ތެރެއިން ރިޖެކްޓް ވެފައި ވަނީ ކިތައް ފޯމްކަމެއް އެ ޑިޕާޓްމެންޓުން ބަލާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފަހު ޕޮލިސް ސާވިސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓާއި ފޯމްތައް މިހާރު ކޮމިޝަނާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން އިން އެންމެ ފުރަތަމަ ޑީއެންއާރަށް ފިންގާ ޕްރިންޓް ވެރިގައި ކުރުމަށް ޓަކައި ފޮނުވާފައި ވަނީ 500 ފޯމެވެ. އަދި އޭގެ ތެރެއިން 11 ފޯމް ވަނީ ރިޖެކްޓްވެފަ އެވެ.
އިލެކްޝަންސް ކޮމިޝަން އިން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޮނުވާ ފޯމްތަކުގެ ފިންގާ ޕްރިންޓް ޑީއެންއާރް އިން ވެރިފައި ކުރަނީ މޯލްޑްވްސް ޕޮލިސް ސާވިސް މެދުވެރިކޮށްގެންނެވެ.