ރާއްޖޭގައި އިންޝުއަރެންސް ހިދުމަތްދޭ ސްރީލަންކާގެ އަމާނަ ތަކަފުލް އަށް މިދިޔަ ތިންމަހު ސާފު ފައިދާގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާއްމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 6.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނިން ކުރި ވިޔަފާރިން ފައިދާގެ ގޮތުގައި ލިބިފައި ވަނީ 2.4 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 0.10 ލާރި އެވެ.

އަމާނަ ތަކަފުލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.