02 Nov 2013, 17:35
މ. މުލަކު ގެއަކުން ވަގަށް ނަގާފައިވާ ރަނާއި ފައިސާތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ވެސް އެކުގައި ކަމަށާއި އެމީހުންނަކީ އުމުރުން 26 އަދި 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކީ މ. މުލަކު ގެއަކުން 12،000 ރުފިޔާ އާއި ރަންތަކެއް ވަގަށް ނެގި މައްސަލަ އެވެ.
ފުލުހުން ބުނީ 12،000 ރުފިޔާގެ ތެރެއިން ބައެއް ފެނިފައިވާ ކަމަށާއި ވަގަށް ނެގި ރަންތައް ވެސް ހޯދާފައިވާ ކަމަށެވެ.
އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު މިދެމީހުން ހައްޔަރުކުރުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން ގެ ބަލާ ފާސްކުރި އިރު، ގޭގައި ހަދަމުންދިޔަ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލޭ ބުލެޓް ސައިޒްގެ 11 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިދެމީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެ އެވެ.