ސަރުކާރުން މޯލްޑިވްސް އެއާޕޯޓް ލިމިޓެޑްގެ (އެމްއޭސީއެލް)ގެ ހިއްސާ އާންމުކޮށް ވިއްކަން ފަށައިފައި ވަނީ ގާނޫނީ އިޖުރާތުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ބުނީ ސަރުކާރުން އެކަން ކޮށްފައި ވަނީ އަދި ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކަމަށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީން ބުނެފި އެވެ.

"އެމްއޭސީއެލްގެ ހިއްސާ އާއްމުކޮށް ވިއްކުމަށް ސަރުކާރުން ކުއްލިއަކަށް ފައްޓަވާ، މިފަދަކަންކަން ކުރުމަށް އޮންނަ ގާނޫނީ އިޖުރާތުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް، ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކުރަމުންގެންދާ މަސައްކަތެއް" އެމްޑީޕީ އިން މިއަދު ނެރެފައިވާ ނޫސްބާޔަންގައި ބުނެފައިވެ އެވެ.

އަދި ބުނެފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުން މިހާރު ވަނީ އެމްއޭސީއެލްއާ ދެކޮޅަށް 1.2 ބިލިއަން ޑޮލަރުގެ ދައުވާއެއް ޖީއެމްއާރުންކޮށްފައިވާ ކަމަށާއި އެމައްސަލައިގެ އާބިޓްރޭޝަން ހިގަމުންދާ ކަމަށެވެ.