02 Nov 2013, 13:13
ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ 40 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ހަ ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް މިމަހުގެ 22 ވަނަ ދުވަހު ފަށަން ނިންމަފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށާއި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ގައުމީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފިރެހެން އަދި އަންހެން ޑިވިޝަންގެ އޯޕަން ސިންގަލްސް އާއި އޯޕަން ޑަބަލްސް އާއި އެއް ވަނަ ޑިވިޝަން އަދި ދެ ވަނަ ޑިވިޝަނާއި އޯޕަން މިކްސް ޑަބަލްސް އެއްވަނަ ޑިވިޝަން އަދި ދެވަނަ ޑިވިޝަނާއި ޓީމު އިވެންޓްގެ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ.
އަތޮޅު ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފިރިހެން އަންހެން ހިމެނޭ ގޮތަށް އޯޕަން ސިންގަލްސް އިވެންޓާއި އޯޕަން މިކްސް ޑަބަލްސް އަދި ފިރިހެން ޓީމު އިވެންޓާއި އަންހެން ޓީމު އިވެންޓް ހިމެނޭ ގޮތަށެވެ.
މި ދެމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގަ އެވެ.