02 Nov 2013, 10:36
މއ. ކުރިކީލަ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ މއ. ކުރިކީލަ މަގުގައި ހުންނަ ކޫލްއޮއިސިސް ކިޔާ ގޭ ކައިރީގައި ހުރި ހަތަރު ސައިކަލެއްގައި ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 4:00 އެހައިކަންހާއިރު ކަމަށެވެ.
ރޯވެފައިވާ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އެހީގައި ފަތިހު 4:11 އެހައިކަންހާއިރު ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޯކޮށްލި ހަތަރު ސައިކަލުގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އެތަނުގައި ހުންނަ އެމްޑީޕީގެ ޖަގަހައަށާއި "ކޫލް އޮއެސިސް" ގެއަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފަ އެވެ.
އެ ސަރަހައްދުގައި ހުރި "ކޫލްއޮއިސިސް" ނަމަކަށް ކިޔާ ގެއަށް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.