19:00


ދެ ޖޯޑު ފައިވާނުގެ ފުންނާބުގެ ތެރޭގައި ރައްކާކޮށްގެން މިދިޔަ ޑިސެންބަރު މަހު ރާއްޖެ އެތެރެކުރި މަސްތުވާތަކެތި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ގދ. ފިޔޯރީ، ސުހައިލް އަހުމަދު ފުލުހުން ހައްޔަރުކުރީ އެތަކެތި ރާއްޖެއަށް އެތެރެކުރީ އޭނާ ކަމުގައިވާތީ ކަމަށާއި އަދި މިހާތަނަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ އެ މައްސަލައާ ގުޅިގެން ފުލުހުން ކޮންމެހެން ސާފުކުރަންޖެހޭ މައުލޫމާތު އެނާގެ ފަރާތުން ހޯދުމަށް ކަމަށެވެ. އަދި އެމައްސަލާގައި އޭނާގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމަށްފަހު އިއްޔެ އޭނާ ދޫކޮށްލާފައިވީ ނަމަވެސް އެމައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.


އެ ތަކެއްޗަކީ މީހަކަށް ރައްދުކޮށްދިނުމަށް އެދި އޭނާއާ ބަޔަކު ހަވާލުކޮށްފައިވާ އެއްޗެހި ކަމަށާއި މި ދަނޑިވަޅުގައި ވެސް މީސް މީހުންދޭ ގޮތް ނޭނގޭ އެފަދަ ތަކެއްޗާއި ހަވާލުނުވުމަށް އިލްތިސްކުރާ ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.


ދެ ޖޯޑު ފައިވާނުގެ ތެރޭގައި ރައްކާކޮށްގެން ޓްރެވިންޑްރަމް މަގުން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ އަގަކަށް ތިން ލައްކައެއްހާ ރުފިޔާ އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.