ބީއެމްއެލްގެ ކަސްޓަމަރަކަށް ނޭނގި އޭނާގެ އެކައުންޓުން 5000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު މަހަކަށް ވުރެ ގިނަ ދުވަސްފަހުން އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެ، ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ފުލުހުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހޯދަމުން ގޮސްފައި ވަނީ އުމުރުން 37 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ވެފައި ވަނީ ރޭ 10:50 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބީއެމްއެލްގެ މަޖިދީމަގު ބުރާންޗުގައި ހުންނަ އޭޓީއެމްއަކުން ކުރި އެ ވައްކަމާ ގުޅިގެން ހޯދަމުން ދިޔަ މީހާ ފުލުހުންގެ އިދާރާއަށް އަމިއްލަ އަށް ހާޒިރުވެފައި މިވަނީ އޭނާ ހޯދުމަށް، އެމީހާ އޭޓީއެމުން ފައިސާ ނަގަން މަސައްކަތް ކުރާ ވީޑިއޯއެއް ފުލުހުން އާންމުކޮށްފައި ވަނިކޮށެވެ.