01 Nov 2013, 19:42
ހެލްތު މިނިސްޓަރުކަމުން ޑރ. އަހުމަދު ޖަމްޝީދު އިސްތިއުފާ ދެއްވައިފި އެވެ. ވަޒީރުކަމުން އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވެސް ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކަރެޓަރީ މަސްއޫދު އިމާދު މިރޭ ވިދާޅުވީ ޖަމްޝީދު އިސްތިއުފާ ދެއްވީ އިންޑީއާގެ ނިއު ދިއްލާގައި ހުންނަ އދ.ގެ އިދާރާއިން ރަނގަޅު ވަޒީފާއެއް ލިބުމުން ކަމަށާއި އެމަނިކުފާނަށް އެ ވަޒީފާ ހަމަޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ޑރ. ޖަމްޝީދު ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ދައުރު ނިމެން 10 ދުވަހަށް ވެފައިވަނިކޮށެވެ. ފެބްރުއަރީ 12، 2012ގައި ޖަމްޝީދު ހަވާލުވެވަޑައިގެންނެވި ހެލްތު މިނިސްޓަރުގެ މަގާމަކީ ޖުމްހޫރީ ޕާޓީއަށް މިސަރުކާރުން ދީފައިވާ ސްލޮޓެކެވެ. ޖަމްޝީދަށް ހެލްތު މިނިސްޓަރުކަން ދިނީވެސް ޖުމްހޫރީ ޕާޓީން ހުށަހަޅައިގެންނެވެ.