މި މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ވޯޓުލާންޖެހޭ ފޮށީގެ މައުލޫމާތު އިލެޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިސްޓުގައި އެ މީހަކު ވޯޓްލާން ޖެހޭ ފޮށި ހުންނަ ސަރަހައްދާއި އެ މީހަކު ވޯޓްލާންޖެހޭ ފޮށި ކަނޑައަޅައިފައިވެ އެވެ.

ރެޖިސްޓްރީވެފައިވާ މީހުންގެ ލިސްޓް އިލެކްޝަނުން އާއްމުކޮށްފައިވާއިރު ރެޖިސްޓްރޭޝަނާ ބެހޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އެކޮމިޝަނުން މިއަދު ވަނީ ހުޅުވައިލައިފި އެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވޯޓްލާން ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތު ސާފުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް، އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.

ވޯޓްލުމަށް ރެޖިސްޓްރީވެފައިވާ މީހުން ވޯޓްލުމަށް ހަމަޖެހިފައިވަނީ އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާތަނެގައިތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފައިވާ 1414 ގެ ނަމްބަރަށް އެސް.އެމް.އެސް ކޮށްގެންނާއި އެ ކޮމިޝަންގެ ވެބްސައިޓުން އަދި ރަށު ކައުންސިލްތަކުގެ އިދާރާއިން އެ މައުމޫތު ސާފުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.