ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގެންނެންނެވީ މިދިޔަ މަހުގެ 24ގަ އެވެ.

ސިންގަޕޫރަށް ރައީސް ވަޑައިގެންނެވީ ސިއްހީ ކޮން ފަރުވާއެއް ހޯއްދެވުމަށް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސް އެ ދަތުރުފުޅުގައި، އެމަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ހޮންކޮންގަށް ވެސް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.