31 Oct 2013, 17:28
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް މިދިޔަ ތިން މަހު 12.6 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.
ގެދޮރު އެޅުމަށް ލޯނު ދޫކުރާ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ ތިން މަހު 25.3 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 14.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ މާލީ ހިސާބުތަކުން ދައްކަ އެވެ.
އެޗްޑީއެފްސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 14.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 17.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން މަހު އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 7.92ރ. އެވެ.