31 Oct 2013, 12:27
އޭސީ މިލާނުގެ ފޯވާޑް މާރިއޯ ބަލޮޓެލީއާ ބެހޭ ގޮތުން މީޑިއާތަކުގައި ފެތުރެމުން އަންނަ ވާހަކަ ތަކަކީ މުޅިން ދޮގު ވާހަކަ ތަކެއް ކަމަށް އެކުލަބުން ބުނެފި އެވެ.
މިޑިއާ ތަކުގައި ބަލޮޓެލީއާ ބެހޭ ގޮތުން ދެ ކެވޭ ވާހަކައަކީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ އޭސީ މިލާން ދޫކޮށް ޗެލްސީއަށް ދާން އުޅޭ ކަމުގެ ވާހަކަ ތަކެކެވެ.
ބަލޮޓެލީއާ ބެހޭ ގޮތުން އިޓަލީގެ ބައެއް ނޫސްތަކުގައި ފަތުރަމުންދާ ވާހަކަތައްމިލާންގެ ކޯޗް މަސިމޯ އެލެގްރީ ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.
އެލެގްރީ ބުނީ، ޗެލްސީއަށް ބަލޮޓެލީ ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ފަތަރުރަމުން ދަނީ މިލާންގައި އަންނަ ސީޒަނުގައި ވެސް ބަލޮޓެލީ މަޑުކުރާނެ ކަމަށް އިދިކޮޅު ޓީމްތަކަށް ޔަގީންވެފައި ވުމުން ކަމަށެވެ.
"މީޑިއާގައި އެފަތުރާ ވާހަކަ ތަކަކީ ދޮގު. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަ ތަކެއް ނޫން" އެލެގްރީ ބުންޏެވެ.
އަހްލާގީ ތަފާތު މައްސަލަތަކާ ގުޅިގެން އެތަކެއް ފަހަރު މަތިން ސަސްޕެންޝަންތައް ކުރިމަތިވެފައިވާ ބަލޮޓެލީ އަކީ އޭނަގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކުގެ ސަބަބުން ވެސް ޔޫރަޕްގެ މުޅި މީޑިއާގައި މަޝްހޫރު ފޯވާޑެކެވެ.