ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު ގްރޫޕް އޭ ގެ މެޗު ވިޗެންޒާ އަތުން ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކްލަބް މެޗު ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗުގެ ސެޓްތަށް ސިފައިން ކާމިޔާބު ކުރީ، ފުރަތަމަ ސެޓް 25-17 ދެވަނަ ސެޓް 25-22 އަދި ތިންވަނަ ސެޓް 25-18 އިން ނެނެވެ.

ރޭ ކުޅުނު ފޯރިގަދަ އެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ޖާޒީ ނަންބަރު 18 އަހްމަދު ފާޒިލް އެވެ.

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ދެ މެޗު ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވެ އެވެ. ފުރަތަމަ މެޗުގައި ހަވީރު 4:30ގައި ވާދަކުރާނީ ގްރޫޕް އޭ ގެ ޕޮލިސް ކްލަބާއި ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސްޕޯޓްސް އެވެ. ދެ ވަނަ މެޗުގައި ރޭގަނޑު 8:30ގައި ވާދަކުރާނީ ގްރޫޕް ބީ ގެ ކްލަބް ޕީކޭ އާއި ނައިފަރު ޖުވެނައިލް އެވެ.