31 Oct 2013, 01:20
އިންޑިއަން ހައިކޮމިޝަނަރުގެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހައިކޮމިޝަނަރުގެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 22 އަހަރުގެ އެ މީހާ ހައްޔާރުކުރީ މިރޭ 11:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ބުނެފައި ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލި އަމަލު މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްކުރިވެރި ކުރާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެ އެވެ.
"މިފަދަ މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރައްވާ ފަރާތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ދަންނަވަން." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.