30 Oct 2013, 22:49
ދިރާގަށް މިދިޔަ ތިން މަހު ސާފު ފައިދާގެ ގޮތުގައި 181.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ނެރުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 528.9 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރަށް ވުރެ މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ 43.8 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 205.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައި ވަނީ 160.9 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް 9.56ރ. ޖެހިފައިވެ އެވެ.