މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 134.2 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން މިއަދު ނެރުނު މިދިޔަ ތިންމަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 296.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިން ކުއާޓަރުގައި އެ ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 173.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޕްރޮވިޝަނާއި އެނޫން ވެސް ނުލިބޭނެ ކަމަށް ލަފާފައިވާކޮށްފައިވާ ހަރަދުތަކަށް 35.6 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.

ތިންމަހުން އެއް މަހު ނެރޭ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން 137.8 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ބީއެމްއެލްގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް 74.84ރ. ޖެހިފައިވެ އެވެ.