އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލުމްވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން މާސްޓާޒް އަށް ކިޔަވާ ވިދާޅުވުމަށް ޓަކައި މޭލޭސިއާ އަށް ފުރާވަޑައިގެންފި އެވެ.

އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ޒާހިރު ހުސެއިން މިއަދު ވިދާޅުވީ އިލިޔާސް ފުރާވަޑައިގެންނެވީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ޝާއިހު އިލިޔާސް ކިޔަވާވިދާޅުވާނީ މެލޭޝިއާގައި ހުންނަ ޖާމިއަތުލް މާދީނަތުލް ޢާލަމިއްޔާ އިން މާސްޓާސް އިން ދާޥާގެ ރޮނގުން ދެ އަހަރުގެ މުއްދަތަށް ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ އިލުމްވެރިންގެ މަޖީލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފާއި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި އިސް ތަރުޖަމާން އަލީ ޒާހިރު ވެސް މި ނޮވެމްބަރު މަހު އިސްލާމިކް އިންޓާނޭޝަނަލް ޔުނިވަސިޓީ އިން ގްރެޒުއޭޓްވެ ވަޑައިގަންނަވާނެ އެވެ.

ޝައިހު ޝަހީމާއި އިޔާޒު ޕީއެމްޑީ ނަންގަވާފައި ވަނީ އިސްލީމީ ޝަރިއްޔާއިން ނެވެ. އަދި ޒާހިރު މާސްޓާޒް ހައްދަވާފައި ވަނީ ކޮޕްޕެރެޓިވް ލޯ އިންނެވެ.