10 ފުޅި ބަނގުރަލާއެކު ބަންގުލަދޭޝްގެ މީހަކު ހުޅުމާލޭން ހައްޔަރު ކޮށްފި އެވެ.


ފުލުހުން ބުނީ ބަންގުލަދޭޝްގެ އެ އެމީހާ ހައްޔަރު ކުރީ މިއަދު ހެދުނު 6:30 އެހާކަންހާއިރު ހުޅުމާލޭ މަގުމަތިން އިތުރު މީހަކާއެކު ދެ ދަބަސް ކޮނޑުގައި އަޅުވައިގެން ދަނިކޮށް އެ ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ފެނިގެން ކަމަށެވެ.


އަދި ބުނީ އެ މީހުން ހައްޔަރު ކުރީ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން ދަބަސްތައް އެއްލައިލުމަށްފަހު ފިލަން މަސައްކަތް ކުރަނިކޮށް ކަމަށާއި އެ ހާދިސާގެ ތެރޭގައި އެކަކު ފިލާފައިވާ ކަމަށެވެ.


އެ މީހުން އެއްލާލި ދަބަސްތައް ފާސް ކުރިއިރު އެއްދަބަހުގެ ތެރެއިން ހަތަރު ފުޅި ބަނގުރާ، އަދި އަނެއް ދަބަހުގެ ތެރެއިން ހަ ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


ދަބަސް ދޫކޮށްލުމަށް ފަހު ފިލައިގެން ދިޔައީ ދިވެއްސެއްކަން ވެސް ބިދޭސީއެއްކަން ވެސް ފުލުހުން ޔަގީން ކޮށެއް ނުދެ އެވެ.