01 Dec 2010, 07:52
"ނޯތްސްޓާ އެކްސައިޒް"ގެ ނަމުގައި ސިފައިންގެ ތަމްރީނު ޕްރޮގުރާމްތަކެއް ފައްޓައިފި އެވެ.
އިއްޔެ މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންފެށި ތަމްރީން ޕްރޮގްރާމްގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ތަމްރީނު ޕްރޮގުރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިފައިން ބުނެ އެވެ.
"ނޯތް ސްޓާ އެކްސަސައިޒް"ގައި ސިފައިންގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަނުން އަދި ކަސްޓަމުން ވެސް ބައިވެރިވެ އެވެ.
އާރަށުގައި ސިފައިން ހަދާފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި މައުލޫމާތު ދެމުން ސިފައިން ބުނީ އެ މީހުންގެ ތަމްރީނު ޕްރޮގުރާމްތަކުގައި އާންމުންނާއި މީޑިއާގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތަމްރީނު ޕްރޮގްރާމްތައް މިއަދު ކުރިއަށް ދާބައިތަކުގައި މާލޭގެ ސަރަހައްދެއްގައި ގޮވާއެއްޗެއް އޮވެގެން އެކަން ބެލުމަށް ސިފައިން ހަރަކާތްތެރިވާނެ. އަދި ރިސޯޓެއްގައި ފަތުރުވެރިންގެ ބަޔަކު ރަހީނު ކުރުމުން އެމީހުން ސަލާމަތް ކުރާގޮތަށް ވެސް އަޅުގަނޑުމެންގެ ތަމްރީނު ކުރިއަށްދާނެ. މި ހުރިހާކަމެއްގައި ވެސް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ." މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިފައިންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެފަދަ ނުރައްކާތެރި ހާލަތެއްގައި މީޑިއާއަށް ބްރީފިން ދޭގޮތަށް އެމްއެންޑީއެފުން ވަނީ މީޑިއާ އަށް ބްރީފިން ވެސް ދީފަ އެވެ.