އެމްއެމްއޭ އިން ޗެކް ޕްރިންޓްކުރުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް ނިންމައިފި އެވެ.

މިމަހުގެ އެކެއްގައި ފުރަތަމަ ހުއްޓާލުމަށް ނިންމި ޗެކް ޕުރިންޓްކުރުން ނޮވެމްބަރު އެކަކަށް އިތުރުކުރީ ބައެއް ފަރާތްތަކަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މިއަންނަ މަހުން ފެށިގެން ޗެކް ޕްރިންޓްކުރުން ހުއްޓާލެވޭނެ ވާހަކަ މިހާރު ފިނޭންސް މިނިސްޓްރީއަށް ވެސް އަންގާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނީ އެ ބޭންކުން މިހާރު ވިސްނުން ހުރީ ފައިސާ އަދާކުރާއިރު ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުން ކަމަށެވެ. އެގޮތުން ޗެކް ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތާއި ނާޖާއިޒު އަމަލުތައް ހުއްޓުވުމަށް އެ ބޭންކުން ޗެކްޕްރިންޓް ކުރުން ހުއްޓާލާނެ ކަމަށެވެ.

އެގޮތުން އެ ބޭންކް އަށް އަދާކުރާ ފައިސާ އަންނަ މަހުން ފެށިގެން އަދާކުރެވޭނީ ބެންކް އެކައުންޓައް ކަމަށް ބުންޏެވެ.

މަރުކަޒީ ބެންކް އިން ބުނީ ޗެކުން ފައިސާ އަދާކުރުމުގެ ބަދަލުގައި އިލެކްޓުރޯނިކް ވަސީލަތް ބޭނުންކޮށްގެން ފައިސާ އަދާކުރާ ނަމަ ފައިސާ ލިބުމުގެ މަރުހަލާ ކުރުވެ ދުވަހުން ދުވަހަށް އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށެވެ.