29 Oct 2013, 12:55
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ބަހައްޓާފައި ހުންނަ ކޮފީ މެޝިނަކަށް ބޭސް ގުޅަތަކެއް އަޅާފައި ހުއްޓައި ފެނިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މަޖިލިސް ކުރާ ގޭގައި މަޖިލިސް މެންބަރުންނަށް އެކަނި ހާއްސަކޮށްގެން ބަހައްޓާފައި ހުންނަ ދެ ކޮފީ މެޝިންގެ ތެރެއިން އެއް މެޝިނުން ބޭސްގުޅަތަކެއް ފެނިފައި ވަނީ މިއަދު ހެނދުނު 10:30ގައި ކަމަށެވެ. އަދި މެޝިނުގައި އެއްޗެއް ހުރިތޯ ބެލީ ކޮޕީގެ ކުލައަށް ބަދަލުއައިސްފައިވާ ކަން ފާހަގަ ކުރެވިގެން ކަމަށެވެ.
"މިއަދު މެންބަރަށް ފާހަގަ ކުރެވުނީ ކުލަ އަށް ބަދަލުއައިސްފައި ހުރި ކަމަށް ފާހަގަ ކުރެވިގެން މެއިންޓެނެސް ކުއްޖަ ގެނެސްގެން ބެލި އިރު ކުދި ގުޅަތަކެއް ހުރި،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން އައިސް އެކަން ތަހްގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މަޖިލީހުގެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.