29 Oct 2013, 11:28
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ރޭ ކުޅުނު މެޗް ކްލަބް ވިޗެންޒާއިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ކްލަބް ވިޗެންޒާއިން ކާމިޔާބު ކުރީ ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއާއި ބައްދަލުކޮށް ތިން ސެޓް ދެ ސެޓުންނެވެ.
ރޭގެ މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތައް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް 25-15އިން ކާމިޔާބު ކުރީ ވިޗެންޒާއިންނެވެ. ދެ ވަނަ ސެޓް 25-15 އިން ކާމިޔާބު ކުރީ ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓެވެ. އަދި މެޗުގެ ތިން ވަނަ ސެޓް 25-13 ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓުން ކާމިޔާބު ކުރިއިރު، ހަތަރު ވަނަ ސެޓް 25-21 ކާމިޔާބު ކުރީ ވިޗެންޒާއިންނެވެ. ފަހު ސެޓް 15-12 އިން ކާމިޔާބު ކުރީ ވިޗެންޒާއިންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިޗެންޒާގެ އަހުމަދު ރަޝީދެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާ ދެޓީމަކީ އަންހެން ޑިވިޝަންގެ ދެ ޓީމް ކަމުގައިވާ ޕޮލިސް ކުލަބާއި އައިލެންޑް އޯޝަން ކުލަބެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީފަޅީގައި ވާދަކުރާ ޔޫތް ސްޕޯޓްސް ކުލަބާއި ކުލަބް ޕީކޭ އެވެ.