ޗައިނާގެ ވޭންގު ނަމަކަށް ކިޔާ 57 އަހަރުގެ ފިރިހެނަކު ނުދަންނަ އަންހެން ކުއްޖަކާ ޗެޓްކުރުމަށް ފަހު އެ އަންހެން ކުއްޖާއާ ބައްދަލުކުރަން ދިޔަ އިރު އެއީ އޭނާގެ ޅީ ދަރިފުޅުކަން އެނގިއްޖެ އެވެ.

ލިލީ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާއަކީ އޭނާގެ ދަރިފުޅުގެ އަންހެނުން، ކަން އިނގުނީ ދެމީހުން ދުވަސްތަކެއް ވަންދެން އޮޅުވާލައިގެން ޗެޓް ކުރުމަށް ފަހު ޑޭޓަކަށް ދިޔަތަނާ، އެ ދެ މީހުން ބައްދަލުކުރި މުލިންގް ސިޓީގެ ހޮޓަލުން ނެވެ.

ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން އޮންލައިނުން ދިމާވި އިރު އެ ދެ މީހުންނަކީ ކޮން ދެ މީހުން ނެތްކަން ނޭނގޭ ކަމަށާއި ދެމީހުން ވެސް ދެމީހުންނަށް އެތައް ދޮގެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ދެ މީހުން ފޮޓޯ ފޮނުވި އިރު ވޭންގު އޭނަ މިލިޓަރީގައި އުޅުނު އިރުގެ ކުރީގެ ފޮޓޯ އެއް ފޮނުވާފައިވާ އިރު ލިލީ ފޮނުވާފައި ވަނީ އޭނަގެ ރައްޓެއްސެއްގެ ފޮޓޯ އެކެވެ. އަދި ވޭންގުގެ އަންހެނުން ދެ އަހަރުގެ ކުރިން މަރުވެފައިވާ ކަމަށް ބުނެފައިވާ އިރު ލިލީ ބުނެފައި ވަނީ އޭނަގެ ފިރިމީހާ ވަނީ ފަސް އަހަރުގެ ޖަލުހުކުމެއްގައި ޖަލުގައި ކަމަށެވެ.

އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލިލީގެ ފިރިމީހާ އަކީ ޓްރަކް ދުއްވާ މީހެކެވެ. އަދި އޭނާ ވަނީ މަސައްކަތެއް ކުރުމަށްޓަކައި ރަށުން ބޭރުގައި ކަމަށް ވެސް ޗައިނާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

ޑުންގް އޭނާގެ އަންހެނުން ނުދަންނަ މީހަކާއި ޗެޓްކޮށް އަދި އޭނާ އާއި އެކު ޑޭޓަށް ދާން ނިންމާފައިވާ ހޮޓަލާއި ގަޑި ލިލީގެ ޗެޓް ލޮގުން ޑުންގް އަށް އެގުނެވެ. އަދި އެދެމީހުން އޮޅުވާލައިގެން ވާހަކަ ދައްކަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެއެވެ.

ލިލީ އޮންލައިންކޮށް ޗެޓް ކޮށްފައިވަނީ ޑުންގްގެ ބައްޕައާ ކަން ފަޅާއެރީ، އެ ދެމީހުން ޑޭޓަށް ކިޔާފައިވާ ހޮޓަލަށް ފަރާލައިގެން ގޮސް ބެލުމުންނެވެ. އެ މައްސަލާގައި ޑުން ވުންގް ވަނީ އެކަމާއި ގުޅިގެން އެ ހޮޓަލުގެ ތެރޭގައި ހަމަނުޖެހުން އުފައްދައި އޭނާގެ ބައްޕަ އަށާއި އަންހެނުންނަށް ހަމަލާދީފަ އެވެ.

ހޮޓަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޑުންގް ވަނީ މުލިންގް ސިޓީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ މައްސަލާގައި އޭނާ ވަނީ ފަސް ދުވަހަށް ޕޮލިހުގެ ބެލުމުގެ ދަށުގައި ބަހައްޓާފަ އެވެ.