ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވާ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ލ.އިސްދޫ ގުލްފާމުގެ، އިބްރާހީމް ހަސީބު ގެއްލިގެން ފުލުހުނަށް ރިޕޯޓްކޮށްފައިވަނީ މިރޭ އިރުއޮއްސި 6:50 އެހާކަންހާއިރު ކަމަށާއި އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށެވެ.

ފުލުހުން ބުނީ މި ފިރިހެން ކުއްޖާއަކީ ފަން ތުނި އިސްތަށިގަނޑެއް ލާފައި ހުންނަ ހިކިކޮށް އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެއް ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.

އިބްރާހީމް ހަސީބު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.