22 Mar 2010, 13:07
14:30
ހެލްތުކެއާ ބިލު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްއިން ފާސްކޮށްފި އެވެ.
ހަނި ގޮތަކަށް މި ބިލު ފާސްވި ނަމަވެސް މިއީ ވެރިކަން ކުރަމުންދާ ޑިމޮކްރޭޓުންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ. މި މިބިލުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ރައީސް ބަރަކް ބަރަކް އޮބާމާ ވެވަޑައިގެންފައިވާ އެންމެ ބޮޑު ވައުދު ފުއްދުމަށް މަގުފަހިވެގެންދާނެ އެވެ. މި ބިލު ފާސްކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގެ ގޮތުން މިމަހު އިންޑޮނޭޝިޔާ އަށާއި އޮސްޓްރޭލިޔާއަށް ރައީސް އޮބާމާ ކުރައްވަން އޮތް ދަތުރުފުޅު ވެސް ވަނީ ކެންސަލް ކުރައްވާފަ އެވެ. ބިލު ފާސްވުމަށްފަހު އޮބާމާ ވިދާޅުވެފައިވަނީ ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީން ބުނެފައި ވަނީ ހެލްތުކެއާ ބިލަކީ ސަރުކާރުން ޤައުމުގެ ބަޖެޓް އަތްދަށަށް ލުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.