27 Oct 2013, 11:59
ސައުތު ކޮރެއާގެ ސޯލްގައި މާދަމާއިން ފެށިގެން އަންނަ މަހުގެ 22އަށް ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން ފުރިހަމަކުރުމަށް ރާއްޖޭގެ ކުރީގެ ބާރު ދުވުން ތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އިއްޔެ ފުރައިފި އެވެ.
ސޯލްގައި ކުރިޔަށް ގެންދާ ކޯޗިން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ދެ މޮޑިއުލްއެކެވެ. ފުރަތަމަ މޮޑިއުލްގައި ކިޔަވައިދޭގޮތަށް ހަމަޖެހިފައިވަނީ އައިއޭއޭއެފް ލެވެލް އެކެއް އެތުލެޓިކްސް ކޯޗިން އެވެ. އަދި ދެ ވަނަ މޮޑިއުލްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ހައި ޕާފޮމަންސް ކޯޗިން އެވެ.
ރިވަރިން އަކީ ދިވެހި އެތުލީޓުންގެ ތެރެއިން ޖެހިޖެހިގެން ތިން ފަހަރު އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި އެތުލީޓެވެ.
ރިވަރިން ވަނީ އޭނާ ދުވުނު ދުވަސްވަރު ރާއްޖޭގެ 100 މީޓަރު ދުވުމުންނާއި 100 މީޓަރު ރިލޭ އަދި 400 މީޓާރު ރިލޭއިން ގައުމީ ރިކޯޑް ހަދާފަ އެވެ.
ރިވަރިން އަކީ ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކުގައި ރާއްޖޭ ތަމްސީލް ކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ބޭއްވުނު މުބާރާތްތަކުން ގިނަ ވަނަތަކެއް ހޯދާފައިވާ އެތުލީޓެކެވެ.