ތިލަފުށީގައިގައި ހުންނަ ކޯސްޓްލައިންގެ ގުދަނުގައި ހުރި ފިލާތައް ކަނޑައިގެން ގޮސް މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރު 1:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ކ. ގުރައިދޫ މިނިވަން އައްސޭރި، މުހައްމަދު ހަސަން 61، ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފޝަލު ވިދާލުވީ އޭނާ މަރުވެފައި ވަނި ފިލާތަކުގެ ދަށުވެ ލިބުނު ޒަޚަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 2:10 ހާއިރު ކަމަށެވެ.

ނަމަވެސް އޭނަ އަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.

ތިލަފުށީގައި ފިލާތަކެއް ދަށުވެ މީހަކު މަރުވި އިރު، އިއްޔެރޭ ވަނީ ތިލަފުށީ އުތުރު ފަރާތުގައި އޮންނަ އެމް ޓްރެކްސް ކޮމްޕެނީގެ ޖެޓީއެއް ކަނޑައިގެން ވެއްޓި މީހެއްގެ ފައި ބިނދި އަނެއް މީހާގެ ބޯފަޅައިގެން ގޮސްފަ އެވެ.